ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-IED/303/2023/61
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:05
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު ގޮނޑުގައި އަލިފާންރޯކުރަމުންދާ މައްސަލައާއި ގުޅޭ

އިއުލާން

ބައު ގޮނޑުގައި އަލިފާންރޯކުރަމުންދާ މައްސަލައާއި ގުޅޭ

 އުނގޫފާރުގައި އުފެދޭ ކުނި ނައްތާލުމަށް ކުރިން ބޭނުން ކުރި ބައު ގޮނޑުގައި އަލިފާން ރޯކުރަމުންދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މިދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރަށްވެފައި، އަލިފާން ރޯކުރުމުގެ ސަބަބުން އާއްމުންނަށް އަދި ޙާއްސަކޮށް އެސަރަޙައްދުގައި ދިރިއުޅުއްވައި ފަރާތްތަކަށް ދުމުގެ އުނދަގޫ ވަރަށް ބޮޑަށް ފޯރަމުންދާކަން ފާހަގަކުރަމެވެ.

 ވީމާ، މިޢަމަލު ހިންގަމުންގެންދާ ފަރާތްތަކުން މިފަދަ ކަންކަން ނުކުރުމަށް އަންގަމެވެ. އަދި މިކަމަކީ މުޅި މުޖުތަމަޢަށް އޭގެ އުނދަގުލާއި ގެއްލުން ކުރިމަތިވެގެންދާ ކަމެއްކަމުގައިވެސް ދަންނަވަމެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ހުއްޓުވައި، އާންމު މަސްލަހަތު ރައްކާތެރިކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުން ކައުންސިލަށް ދެއްވުމަށް މިފުރުޞަތުގައި އެދޭ ވާހަކަ ދަންނަވަމެވެ. އަދި މިފަދަ ހާދިސާތައް ދިމާވުމުން އެކަން ހައްލުކުރުމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވެދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކޮށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

13 ޑިސެންބަރު 2023