ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-A/322/2023/133
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 25 ޑިސެންބަރު 2023 23:59
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

        2021 އަދި 2022 ވަނަ އަހަރު މިރަށުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރު 2023 ގެ ކުރިންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މީގެއިތުރުން، 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް މިފޯމު މިތާރީހުގެ ކުރިންހުށަހެޅުމަށް ދަންނަވަމެވެ. 

  1. ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ރަޖިސްޓްރީވިފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ރަޖިސްޓްރީވިފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރިފައިވާ މީހުންނާއި، 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން އަދި 65 އަހަރު ފުރޭ މީހުން ހިމެނޭ ޢާއިލާތައް.

އަދި، 25 ޑިސެމްބަރު 2023 ގެ ކުރިން މިފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާފައިވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ފޯމު ބަލައިގަތުން އޮންނާނީ          03 ޑިސެމްބަރު 2023 ންފެށިގެން 25 ޑިސެމްބަރު 2023 ގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގައި ކުރިއަށްދާނެއެވެ.

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2023