ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 410-A/2015/11
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 18 މާރިޗު 2015 15:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުންޑްސިސްޓަމެއް ގަންނަން

މި އިދާރާއަށް ސައުންޑްސިސްޓަމް އެއް ގަންނަން ބޭނުންވެއްޖެއެވެ.

މި އިދާރާއަށް ބިލްކުރާ ގޮތަށް ތިރީގައި މިވާ ތަކެތި، މި އިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ދަންނަވާ ތަކެތި ވިއްކާނެ ފަރާތްތަކުން ވަކިވަކި އައިޓަމްތަކަށްވެސް އަގު ހުށަހެޅުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.

ގަންނަން ބޭނުންވާ ތަކެތީގެ ތަފުސީލު:-

ތަފުސީލު

އަދަދު

އެމްޕުލިފަޔަރ 1000 ވޯޓް

1

2 ވޭ ސްޕީކަރ

2

މިކުސަރ ވިތު އެފެކުޓްސް 8 އިންޕުޓްސް

1

މީޓަރ ކޭބަލް + ފޯނު ޖެކު

100

މިކުސަރ ސްޓޭންޑް

1

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 18 މާރިޗު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިދާރާއަށް ފެކްސްއާއި މެއިލްކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުންވެސް 18 މާރިޗު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އަންދާސީހިސާބު ފޮނުވަންވާނެެއެވެ. އަދި ފޮނުވުމަށްފަހު މި އިދާރާގެ 6820026 ނަންބަރު ފޯނަށް ގުޅައި އަންދާސީހިސާބު މި އިދާރާއަށް ލިބުނުތޯ ކަށަވަރުކުރަން ވާނެެއެވެ. މިއިދާރާއަށް ވަޑައިގަނެވެން ނެތް ފަރާތަކުން 6820126 ނަންބަރަށް އަންދާސީހިސާބު ފެކްސް ކުރިވިދާނެއެވެ. އަދި މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެވިދާނެއެވެ. އިތުރު މަޢުލޫމާތު ދާންދޫ ކައުންސިލް އިދާރާގެ ފޯން ނަންބަރު 6820026 އިން ލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި މީގެއިތުރުން އަންދާސީހިސާބު ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ޝީޓުގައި ތަފުސީލުކުރެވިފައިވާނެ ވާހަކަވެސް ދަންނަވަމެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސް ދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

80%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • ހަވާލުކުރެވުނު މަސައްކަތް ކުރުމުގައި ހޭދަވި މުއްދަތު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމުގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމުގައި އެންމެ ގިނަ އަހަރު ހޭދަކޮށްފައިވާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށް

10%

މަސައްކަތް ނިންމާ މުއްދަތު

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015