ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GAAH-HR/2015/09
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 0828
ސުންގަޑި: 19 މާރިޗު 2015 1430
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. އަތޮޅު ހޮސްޕިޓަލަށް 2 ތަރުޖަމާނަކު ހޯދުމަށް 16 އެޕްރީލް 2014 ގައި ކޮށްފައިވާ އިޢުލާން ބާޠިލުކުރުމަށްފަހު، އެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު

ތަރުޖަމާނު

ބޭނުންވާ އަދަދު

2 (ދޭއް)

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS.3

މުސާރަ

މުސާރަ: މަހަކު -/4465 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަދެވޭނެއެވެ.

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. އަތޮޅު ހޮސްޕިޓަލް / ގއ. ވިލިނގިލީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަލިމީހާއާއި ޑޮކްޓަރާ ދެމެދު ކުރެވޭ މުޢާމަލާތްތައް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ތަރުޖަމާކޮށްދިނުން.

 

 

 

މަޤާމުގެ އަސާސީ ޝަރުޠު

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމުމ މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައަގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) (އަދާކުރެއްވި މަޤާމުގެ ކްލެސިފިކޭޝަނާއި، މުސާރައާއި، މުއްދަތު އެނގޭނެގޮތަށް.)

ނޯޓް: އެޓެސްޓްކޮށްފައިވާ ލިޔުންތައް ހުށަހަޅާއިރު، އެ ލިޔުންތައް އެޓެސްޓްކުރި ފަރާތުގެ ފުރިހަމަ ނަމާއި، މަޤާމާއި، އެޓެސްޓްކުރި ތާރީޚާއި ސޮއި އޮންނަންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6820070 ނަންބަރު ފޯނަށެވެ. 

ނޯޓް:

 

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

 14 ޖުމާދަލްއޫލާ 1436

2015-03-05