ބީލަން
ނަންބަރު: (IUL)394/394/2023/83
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 25 ސެޕްޓެންބަރު 2023 10:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެލްމިނިއަމް ދޮރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

            މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ޞަލާޙުއްދީން މިސްކިތަށް ބޭނުންވާ 8 (އަށެއް) އެލްމިނިއަމް ދޮރު ސެޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް   25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

             ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.       

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

03 އޮކްޓޫބަރު 2023 (އާދިއްތަ)

10:30

އަންދާސީ ހިސާބު ހުށަހެޅުން

05 އޮކްޓޫބަރު 2023 (ބުދަ)

11:00

                

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2023