ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/82
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 02 މާރިޗު 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) ތަޖުރިބާ ނެތި އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ސީނިއަރ އެޑްމިން އޮފިސަރުގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 4 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

17

މަޤާމުގެ ޝަރުޠު:

 

  • ތަޖުރިބާއާއެކު، މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  • ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަރވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

އެޑްމިން އޮފިސަރ ގްރޭޑް 4 ގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,115.31 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,192.28 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

3

ސްޕައިން ޕޮއިންޓް:

13

މަޤާމުގެ ޝަރުޠު:

 

  • ކުރާ މަސައްކަތާ ބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން ނުވަތަ ގްރޭޑް 12 ނިންމާފައިވުން ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު،  ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ، ސެޓިފިކެޓަށްފަހު ލިބިފައިވުން.
  • ތަޖުރިބާ ނެތަސް، ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު، މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
  • ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މުވައްޒަފުންގެ މުސާރައައި އެލަވަންސް ދިނުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ކަނޑައެޅޭ މުއްދަތަށް ހޯދުމުގެ މަސައްކަތްކުރުވައި ރިޕޯޓް ހޯދުވައި، ރިޕޯޓް ލިބުމުން މުސާރައާއި އެލަވަންސް ދިނުމަށް މުސާރަ ޝީޓް ތައްޔާރުކުރުވުން.
  2. މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް، ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން ކުރުވުން.
  3. މުސާރައާއި އެލަވަންސް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރޭތޯބަލައި، ޖަމާކުރެވުނު ތާރީޚު ލިޔެ، މުސާރަ ސްލިޕްތައް ހަދައި އެ މުވައްޒަފުންނަށް ރައްދުކުރުވުން.
  4. ޕެންޝަން ސްކީމުގައި ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޤަވާޢިދުން ފޮނުވާތޯ ބެލުން.
  5. އެޗް.އާރު ސިސްޓަމުގެ އެޑްމިނިސްޓްރޭޓަރާ ގުޅިގެން ސިސްޓަމް ފަންކްޝަންކުރުވައި، އެ ސިސްޓަމް ތަރައްޤީކޮށް، މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަކަށް މަސައްކަތްކޮށް، މިކަމާ ގުޅޭ ތަމްރީން ހިންގުން.
  6. ސެކްޝަނުގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް، އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީކުރުން.
    1.   ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1.  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 2 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސްނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015