ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2015/39
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 22 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބިޔުޓީ ތެރަޕީ ޓީޗަރ (ކޮންޓްރެކްޓް)

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ބިޔުޓީ ތެރަޕީ ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)              

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ: މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް /-435 ރުފިޔާ

ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: "އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން" ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލުކުރެވޭ ބީޓެކް ތެރަޕީ ކޯހުގެ މަސައްކަތްތައް ރަގަނޅު ފެންވަރެއްގައި ކުރުން.

- އެކުގައި މަސައްކަތް މަސައްކަތްކުރާ މުއައްޒަފުންގެ މެދުގައި ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމްކުރުމަށް މަސައްކަތް، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެންމެ ފައިދާހުރިގޮތުގައި ރާވައިގެން ކުރުން.

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިއްރު ހިފެހެއްޓުން.

- ބީޓެކު ތެރަޕީ ކޯސް ކިޔަވައިދޭ ސްކޫލުތަކަށް ޒިޔާރަތްކޮށް، ކޯސް ހިނގަމުންދާގޮތް މޮނިޓަރކޮށް، ސުޕަވައިޒްކޮށް ޓިޗަރުންނަށް ބުނެދިނުން.

- ބީޓެކު ތެރަޕީ ކޯހާއި ގުޅޭ އެސައިމަންޓްތަކާއި އެސެސްމެންޓްތައް ތައްޔާރުކުރުން.

- ބީޓެކު ތެރަޕީ  ޓުރެއިނިންގ ސްކޫލުތަކުގެ ޓީޗަރުންނަށް ނަގައިދިނުން.

- ބިޔުޓީ ތެރަޕީ ޓީޗަރ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

- ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން. 

- ދިވެހި ސިވިލް ސަރވިސް ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސްކޫލުގެ ޤަވާއިދުތަކާއި ޓީޗިރުންނަށް ޙާއްޞަކޮށްފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުން.

ޝަރުޠު:              

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިންޓަވިއުކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި ކުރާ އިންޓަވިއުކުރުން އޮންނާނީ، 23 ފެބުރުވަރީ 2015 އާއި1 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

 ސުންގަޑި:

 މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 14:30 ގެ ކުރިން،  ތަޢުލީމީ ސެޓްފިކެޓްތަކާއެކު ލިޔުމަކުން ހުށަހެޅުން އެދެމެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.

 22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015