މަސައްކަތް
ނަންބަރު: (IUL)460-AF/460/2023/12
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 19 ޖުލައި 2023 09:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

މަޢުލޫމާތު ސާފުކުރެއްވުން:

           އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ އެކަމެއް ސާފުކުރައްވަން ޖެހޭނެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 9:00 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމުގައި އޮންނާނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެއްޖެ ނަމަ 3010996 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ވެސް މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުން:

           މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖުލައި 2023 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 ޖުލައި 2023