ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސާރކިއުލަރ ނަންބަރު (C2/CIR/023/19-142) އިން އަންގަވާފައިވާގޮތުގެ މަތިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 22 ޖޫން 2023 ގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
ނޯޓް:
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަޤުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ އެފަރާތްތަކުން ދަފުތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށައަޅަން ނުޖެހޭނެއެވެ. ނަމަވެސް، ދަފުތަރު ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފުތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި، 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން އަދި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ އާއިލާއަކުން އަލުން ފޯމް ހުށައަޅަންޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމް ހުށައަޅަންޖެހޭނެއެވެ.
މިއިޢުލާނާއެކު، ފޯމް ފުރުމުގައި ސަމާލުކަންދޭންވީ ކަންކަން އަންގައިދޭ ލިޔުން، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމް އެއްކަރުދާސްކޮށް ޢާންމުކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.