ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2023/174
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 18 ޖޫން 2023 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅނައިފަރު ލޯކަލް މާރުކޭޓް ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުން

ޅ.ނައިފަރު ލޯކަލް މާރުކޭޓް ވަށާގެންވަ ސަރަހައްދު ސާފުކުރުމަށް ބޭނުން ވެއެވެ. ވީމާ، މި ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި 18 ޖޫން 2023 ދުވަހުގެ 12:00ގެ ކުރިން އެތަކެތީގެ ވެރި ފަރާތްތަކުން ނެންގެވުމަށް ދަންނަވަމެވެ. މުއްދަތު ހަމަވާއިރު ތަކެތި ނަންގަވައިފައިނުވާނަމަ ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެވާހަކަވެސް ދެންނެވީމެވެ.

މިތަކެތި ކައުންސިލުން ނަގާނަމަ، މިތަކެތި ދޫކުރެވޭނީ މިތަކެތި ނެގުމަށް ކައުންސިލުން ކުރި ޚަރަދު ދެއްކުމުންނެވެ. ތަކެތި ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރެވޭނީ އެތަކެތީގެ ވެރިފަރާތްކަން ލިޔުމަކުން އެއްބަސްވުމަށްފަހުގައެވެ.

12 ޖޫން 2023