މަޤާމް:
|
އިންވެސްޓިގޭޝަން އޮފިސަރ
|
ރޭންކް:
|
އައި 02
|
ކްލެސިފިކޭޝަން:
|
މެނޭޖީރިއަލް ޕްރޮފެޝަނަލް ސިވިލް އޮފިސަރސް
|
އަސާސީ މުސާރަ:
ސަރވިސް އެލަވަންސް:
|
މަހަކު -/11,190 ރުފިޔާ
މަހަކު -/3,500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު -/5,035.50 ރުފޔާ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕްރޮފެޝަނަލް ސްޓޭންޑާރޑް ޑިވިޜަން / ހެޑް އޮފީސް ، މާލެ
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ފެންވަރު ނުވަތަ ޝަރުތު:
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 08 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
- ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޤާނޫނު ނަންބަރު: 14/2013(ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ޚިލާފްވެގެން ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޜަނަށް ހުށަހެޅޭ، އޮފިސަރުންނާއި މުވައްޒަފުންގެ މައްސަލަތައް، ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޜަނުގެ އިސްވެރިޔާގެ ލަފަޔާއި، މަޝްވާރާގެމަތިން، ބަލިގަތުމާއި ނުގަތުމަށް ކަނޑައެޅުން.
- ޤާނޫނު ނަންބަރު: 14/2013(ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ޚިލާފްވެގެން ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޜަންގެ ހުށަހެޅޭ، އޮފިސަރުންނާއި މުވައްޒަފުންގެ މައްސަލަތަކުގެ ތެރެއިން، ތަހުޤީޤުކުރުމަށް ކަނޑައަޅާ މައްސަލަތަކުގައި، ތަހުޤީޤުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޜަނަށް ހުށަހަޅާ މައްސަލަތައް ތަހުޤީޤުކުރުމުގެ ޕްލޭނެއް އިސްވެރިޔާގެ މަޝްވަރާ، ލަފާގެ މަތިން ކަނޑައަޅާ ތަޙްޤީޤިކޮށް ބެލުން.
- ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ދެނެގަނެ، ދިރާސާކޮށް، އެ މަޢުލޫމާތު ހޯދުމުގެ އިންތިޒާމް ހަމަޖެއްސުން.
- މައްސަލަތަކުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށްޓަކައި އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިވޭތޯ ކަށަވަރު ކުރުން.
- މައްސަލަތަކުގައި ހާޒިރު ކުރާ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުން.
- މައްސަލައާ ގުޅިގެން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން.
- ތަޙުޤީޤަށް ނަގާ ބަޔާންތަކާއި، ހުށަހެޅާ ހެކިތަކާއި ހޯދާ ހެކިތައް ރައްކާތެރިކަމާއެކު ބަލަހައްޓާތޯ ކަށަވަރުކުރުން.
- މައްސަލަތަކުގެ ތަހުޤީޤު ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުން.
- މައްސަލަތަކުގެ ތަހުޤީޤު ރިޕޯޓް ނިންމާ، ރިޕޯޓް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށްފައިވޭތޯ ކަށަވަރުކުރުން.
- މި ސަރވިސްގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާ އެކަންކަން ވިލަރެސްކުރުން.
- ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޜަންގެ އެސްއޯޕީތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ އިޞްލާހުތައް ދެނެގަނެ، ބޭނުންވާ ލަފާދިނުން.
- މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި ޖަލުތަކުންނާއި ސެކްޝަންތަކުން ޢަމަލުކުރަމުން ގެންދަނީ މި ސަރވިސްއިން ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތޯ ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްޓަކައި ހެޑް އޮފް ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޝަނަށް ލަފާދިނުން.
- އަދި މިނޫނަސް ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިވިޜަނުންގައި ކުރަންޖެހޭ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.
|
މަޤާމާއި ގުޅޭ ދާއިރާ:
|
- ގާނޫނީ ދާއިދާ
- އިންވެސްޓްގޭޝަން ދާއިރާ
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
ޝަރީޔާ އިންޑް ލޯ، އިންވެސްޓްގޭޝަން
|
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- މަސައްކަތާއި ގުޅިގެން ލިބިފައިވާ ތަޖުރިބާ.
- އިންޓަވިއު މާކްސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2023 ޖޫން 07 ވާ ބުދަ ދުވަހުގެ 15:00 ނިޔަލަށް [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
|
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)
|