ދިވެހިރާއްޖެ
ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއިގުޅޭ
ވޯލްޑް ބޭންކްގެ އެހީއާއެކު ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ދަނީ ހިންގަވަމުންނެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޮވިޑް-19 އާއި ގުޅިގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އަނބުރާ ފެށުމަށް ނުވަތަ އެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި:
- ބިއުޓީ އަދި މޭކަޕް ކުރުން
- ކުޅިވަރު އަދި ފިޓްނަސް
- އަތްތެރި މަސައްކަތް
- ކްރިއޭޓިވް އާރޓްސް އާއި މިއުޒިކް
- ފެހުން އަދި ޓެކްސްޓައިލްގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
މި އެހީ ޕްރޮގްރާމްގެ ތިންވަނަބުރު މިހާރުވަނީ އިޢުލާންކުރެވިފައެވެ. އެހީއަށްއެދި އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 31 މެއި 2023 ވާ ބުދަދުވަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރ ޕޯޓަލް (https://jobcenter.mv) މެދުވެރިކޮށެވެ. މި ޕްރޮގްރާމްއަށް ކުރިމަތިލުމުގެ ޝަރުތުތަކާއި މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ގޮތުގެ އުޞޫލު މި އިޢުލާން އާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު މި އިދާރާއިން ލިބޭނެއެވެ. އަދި އިތުރު މައުލޫމާތު މި އިދާރާގެ ނަންބަރު 6560508 އަދި 6560029 ފޯނު މެދުވެރިކޮށް ލިބޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1444 K 01
21 މެއި 2023