ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS03/2014/79
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 18 ޑިސެންބަރު 2014 10:30
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ލޯބެކް ޗެއަރ ގަތުމާބެހޭ

މި ސްކޫލުގެ ނަންބަރު: GS03/2014/76 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުން، 30 ގޮނޑި (ލޯބެކް ޗެއަރ) ގަތުމަށް ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގު ސްކޫލަށް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުކަމުން ކުރީގެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެންބަރު 2014 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޑިސެންބަރު 2014