ޢާންމު މަޢުލޫމާތު
ނަންބަރު: (MSG)346/221/2023/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 10 ޖަނަވަރީ 2023 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންފާރު ރޭނުމާއި އިންފާރު ތަޅާލުމާއި ގުޅޭ

އިޢުލާން

                އިންފާރު ރޭނުމާއި އިންފާރު ތަޅާލުމާއި ގުޅޭ

 

 

 

                        ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި އެހެނިހެން ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތަކުގެ އިންފާރު ޤަވައިދާ ހިލާފަށް ރޭނުމާއި ކަން ވައް ކުރުމުގައި ޤަވައިދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

                        ދިރިއުޅުމަށް އަދި އެހެނިހެން ބޭނުންތަކަށް ދޫކުރެވިފައިވާ ގޯތިތަކާއި ބިންތަކުގެ އިންފާރު ރޭނުމާއި އިންފާރު ތަޅާލުމުގެ މަސައްކަތް ކުރަމުން ގެންދަންވާނީ ކައުންސިލްގެ އިދާރާއަށް އެންގުމަށްފަހު ހުއްދަ ލިބިގެންނެވެ. އިންފާރު ތަޅާލުމަށްފަހު އަލުން ރޭނުމުގެ މަސައްކަތް ކުރަންވާނީ ކައުންސިލްގެ އިދާރާއިން އިން ވަކިކޮށްދިނުމުންނެވެ. އަދި އިންފާރުން އިތުރު ދޮރެއް ކެނޑުމާއި ގޯތީގެ މައި ދޮރާށި ބަދަލު ކުރުން ފަދަ ކަންކަން ކުރާނަމަ ކައުންސިލްގެ އިދާރާއަށް އެކަން އަންގައި ހުއްދަ ހޯދަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2023