ކުއްޔަށް ދިނުން
ނަންބަރު: (IUL)13-J2/13/2014/332
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 04 ޑިސެންބަރު 2014 15:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް:

  1. ކްރެސެންޓް 8 އަދި 9 ނަންބަރު ފިހާރަ (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)
  2. ކްރެސެންޓް 11,10 އަދި 12 ނަންބަރު ފިހާރަ (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޯމު ވިއްކުން:

ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2014 ނޮވެންބަރު 30އިން 2014ޑިސެންބަރު 4 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަރުފިޔާ) އެވެ.

ފޯމު ވިއްކާ ގަޑި:

ހެނދުނު 8:30 އިން މެންދުރުފަހުގެ 14:30އަށް

ބިޑް ހުށަހަޅަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ވެލުއޭޝަން އެންޑް ޕްރޮޕަޓީ ސާރވިސަސް ޑިވިޜަން

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑިތައް:

ފިހާރަ

ތާރީޚު

ގަޑި

  1. ކްރެސެންޓް 8 އަދި 9 ނަންބަރު ފިހާރަ

    (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)

7 ޑިސެންބަރު 2014 (އާދީއްތަ)

10:00

  2. ކްރެސެންޓް 11,10 އަދި 12 ނަންބަރު ފިހާރަ

    (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)

7 ޑިސެންބަރު 2014 (އާދީއްތަ)

11:00

ބިޑް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ބިޑް ސިކިޔުރިޓީގެ ގޮތުގައި 50,000.00ރ (ފަންސާސްހާސް ރުފިޔާ) ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކެއް ޤަބޫލެއް ނުކުރެވޭނެއެވެ.
  2. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  3. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  4. ވަކިފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
  6. ބިޑް ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  1. ފިހާރަ ކުއްޔަށް ހިފާ ފަރާތުން، އެފިހާރަ ކުއްޔަށް ދިނުމަށް އެގްރީމެންޓް ކުރެވޭއިރު ޑިޕޮޒިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކަކަށެވެ.
  2. ކުލި ހުށަހަޅަންވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014