މަސައްކަތް
ނަންބަރު: FAM/IUL/2014/025
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 27 ނޮވެންބަރު 2014 14:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިޞްލާޙު ކުރުމަށް ލޯފާމެއް ހޯދުމަށް

މިއެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ފުޓްބޯޅައިގެ މައިއިދާރާ ފީފާއިން އަންގާފައިވާތީ، މިއެސޯސިއޭޝަންގެ އަސާސީ ގަވާއިދު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިއެސޯސިއޭޝަނަށް ލޯ ފާމެއްގެ އެހީތެރިކަން ބޭނުންވެގެން ކުރެވުނު މިއެސޯސިއޭޝަނުގެ ނަންބަރު: FAM/IUL/2014/020 އިޢުލާނާ ގުޅިގެން، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ލޯފާމެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން ދެންނެވީމެވެ.

20 ނޮވެންބަރު 2014