ވަޒީފާގެ ފުރުޞަތު
ނަންބަރު: GS03/2014/74
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 01 ޑިސެންބަރު 2014 14:30
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

   މަޤާމު:                     ލެބޯޓްރީ އެސިސްޓެންޓް

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :              އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

   މުސާރަ :                  -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ހިތަދޫ ސްކޫލް ، ސ.ހިތަދޫ

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :   އިދާރީ ސެކްޝަން ، ހިތަދޫ ސްކޫލް ، ސ.ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލްގެ ސައެންސް ލެބޯޓްރީގައިވާ ހުރިހާ އިކުވިޕްމެންޓާއި ކެމިކަލްއާއި އެހެނިހެން ތަކެތީގެ ރެކޯޑު ބެލެހެއްޓުމާއި އެތަކެތި ރައްކާތެރިކަމާއެކު ހުންނަންވާ ތަންތަނުގައި ބެހެއްޓުމާއި ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  2. ޓައިމްޓޭބަލް ކުރެވިފައިވާ ގޮތަށް ލެބޯޓްރީ ގަޑިތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއި އެގަޑިތައް ނެގުމުގައި ޓީޗަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ގަޑި ނިމިގެން ބޭނުންކުރި ހުރިހާ އެއްޗެއް ސާފުކޮށް ހުންނަންވާ ތަންތަނަށް ލާ ރައްކާކުރުން.
  3. ލެބޯޓްރީއަށް ކާނާގެ އެއްވެސް ބާވަތެއް ނުވެއްދުމާއި، ކެމިކަލް ފަދަ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތަށް އަންގައި އަވަސް ޙައްލު ހޯދުން.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ވަޒީފާގެ ޝަރުޠު ( ކަނޑައެޅިފައިވާ އިންސައްތަ : % 11 )

-  ތަޢުލީމާއި ތަމްރީނު ( ކަނޑައެޅިފައިވާ އިންސައްތަ : %38 )

-  މަސައްކަތުގެ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : %8 )

-  އިންޓަރވިއު ( ކަނޑައެޅިފައިވާ އިންސައްތަ : %43 )

-  ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެމިސްޓްރީ، ފިޒިކްސް އަދި ބަޔޮލޮޖީ އިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.         

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 02 ޑިސެންބަރު 2014 އާއި 04 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހިތަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ ، 01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހިތަދޫ ސްކޫލުގެ ނަންބަރު 6886908 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2014