ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ލިބުމުގެ ޙައްޤު ލިބިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިކޮމިޝަނުގެ ފަރާތުން ކުރިޔަށްގެންދާ ނޭޝަނަލް އިންކުއަރީގެ ރިޕޯޓުގެ ބޭރުގަނޑު ފަރުމާކުރާނެ ފަރާތެއް ހޯދުމަށް މިކޮމިޝަނުން ކުރި ނަންބަރު IUL)168-CA/1/2014/53) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެފުރުޞަތު އަލުން ހުޅުވާލުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 19 ވާ ބުދަ ދުވަހުގެ 13:30 އަށް މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
20 މުޙައްރަމް 1436