ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2022/97
އިޢުލާން
ދަނޑުބިން ދޫކުރުމާއި ގުޅޭ
ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްޞަކުރެވި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން ދަނޑުވެރިކަން ކުރުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 50 (ފަންސާސް) ބިން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 08 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ދަނޑުވެރިކަން ކުރުމަށް ބިންހޯދުމަށްއެދި ހުށަހަޅާ ފޯމް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ލިބިވަޑައި ގަންނަވާނެއެވެ.
މި އިޢުލާނާއިއެކު "ހަނިމާދޫ އިން ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު 2022" އަދި "ދަނޑުބިން ހޯދުމަށް އެދި ހުށަހަޅާ ފޯމް" އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބީޢުލްއައްވަލު 1444
23 އޮކްޓޫބަރ 2022