ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.2/1/2014/63
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 02 ނޮވެންބަރު 2014 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

މި އޮތޯރިޓީއަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ޑެޕިއުޓީ މެނޭޖަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތުގެ ދާއިރާ

ސީ.އީ.އޯ ސެކްރެޓޭރިއަޓް ސެކްޝަން/ ކޯޕަރޭޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

އަސާސީ މުސާރަ (7875.00 ރުފިޔާ)

އިނާޔަތްތައް:

- ފުޑް އެލެވެންސް: - 35.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)

- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

- ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން އިނާޔަތްތައް

- ސީ.އެމް.ޑީ.އޭގައި މަސައްކަތް ކުރާތާ އެއްއަހަރުވުމުން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ ލިބޭނެއެވެ. އަދި މި އަދަދު 10 އަހަރުވަންދެން އިތުރު ކުރެވޭނެއެވެ.

ޝަރުޠުތައް:

- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ފުރިހަމަކޮށްފައިވުން ނުވަތަ،

- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ފުރިހަމަކޮށްފައި ވުމާއެކު، ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެއެވެ. ނަމަވެސް، ވަޒީފާ ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި އެކަށީގެންވާ ވަރަށް މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ ފަރާތެއްނަމަ، ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ހުޅުވާލާފައިވާ މަޤާމަށްވުރެ ދަށް މަޤާމަކަށް ވަޒީފާ ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އަދި ޗީފް އެގްޒެކެޓިވް އޮފިސަރަށް ސެކްރެޓޭރިއަލް ޚިދުމަތް ފޯރުކޮށްދިނުން.

- އޮތޯރިޓީގެ ސީނިއަރ އެގްޒެކެޓިވް ކޮމިޓީގައި ހަރަކާތްތެރިވުމާއި، ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.

- އޮތޯރިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސްއާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށްޓަކައި އެއްބަސްވުންތައް ނެގޯޝިއޭޓްކުރުން.

- މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު އަދި އޮތޯރިޓީގެ ގަވާއިދުތަކާބެހޭ މަޢުލޫމާތު ޗީފް އެގްޒެކްޓިވް އޮފިސަރ އެޕްރޫވްކުރައްވާ އުސޫލަކުން އާންމުންނަށް ފޯރުކޮށްދިނުން.

- އޮތޯރިޓީގެ ހިންގުން ހަރުދާނާކުރުމަށްޓަކައި ގަވަރނަންސްގެ އުސޫލުތައް ތަޢާރުފު ކުރުމަށް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- އެޕްލިކޭޝަން ފޯމު

- ކަރިކިއުލަމް ވިޓާ (ސީވީ).

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ).

- ލިބިފައިވާާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ އެޓެސްޓްކޮށްފައި).

- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮތޯރިޓީގެ ގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ނޯޓު:

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓުގެ އަސްލު ގެންނަންވާނެއެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުން އޮތޯރިޓީން ކަނޑައަޅާ މައުޟޫއެއްގެ މައްޗަށް ބިނާކޮށް ދިވެހި ނުވަތަ އިނގިރޭސިބަހުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، މިއޮތޯރިޓީން ކަނޑައަޅާ ލިޔުމެއް ދިވެހިބަހަށް އަދި އިނގިރޭސިބަހަށް ތަރުޖަމާކުރަންވާނެއެވެ. 

- މި މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑަށް ބެލުމަށްފަހުު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެެެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއި (އެޕްލިކޭޝަން) ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.  އެޕްލިކޭޝަން ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3014112، ފެކްސް: 3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

28  ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014