މަސައްކަތް
ނަންބަރު: (IUL)312-MS/312/2014/1014
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 06 ނޮވެންބަރު 2014 10:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ފަސްގަނޑު ލެވެލްކޮށް ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

1. ރ.ކިނޮޅަހު ފުޓްބޯޅަދަނޑުގެ ފަސްގަނޑު ލެވެލްކޮށް ވަށާފާރު ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2. މިމަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވެ ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

3. އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. ރ.ކިނޮޅަހުގެ ފުޓުބޯޅަދަނޑުގެ ފަސްގަނޑު ލެވެލް ކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް

   ށ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. އަންދާސީހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު

4. ހުށަހަޅާ އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި

އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި މީރާގެ ރަޖިސްޓްރޭޝަނުގެ ކޮޕީއާއި، އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނޯޓް: އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ހުށަހެޅުން ބާޠިލުކުރެވޭނެއެވެ.

02 މުޙައްރަމް 1436

26 އޮކްޓޫބަރު 2014