ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕް ގރ 1
އަދަދު: 04
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓު (2 އަހަރު ދުވަހުގެ ކޮންޓްރެކްޓް)
އަސާސީ މުސާރަ: -/3380ރ. – -/4350ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަމާރޓް
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: 1750ރ – 2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން.
މަޤާމުގެ މަސްއޫލިއްޔަތު:
* ހަރުތަކުގައި މުދާ ޖެހުން
* މުދާތައް ލޭބަލް ކުރުން
* މުދަލުގެ މުއްދަތު ހަމަވާ ދުވަސް ބެލުން
ް* ކަސްޓަމަރުންނަށް އެހީތެރިވުން
* ކައުންޓަރުގެ މަސައްކަތްތައް
ތަޢުލީމާއި ތަޖުރިބާ:
* ޖީސީއީ އޯލެވެލް ނިންމާފައިވުން
* ގިނަ ވަގުތު މަސައްކަތް ކުރެވޭވަރު މީހެއްކަމުގައިވުން
* މަސަތްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓު:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯނު: 3344250 ފެކްސް:3344041 ވެބްސައިޓް: www.stomaldives.com