މަސައްކަތް
ނަންބަރު: (IUL)197-A3/01/2014/46
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 21 އޮކްޓޫބަރު 2014 13:30
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ވޯލްޕޭޕަރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް

މިކޯޓުގެ ބައެއް ފާރުތަކުގައި ޖަހާފައިވާ ވޯލްޕޭޕަރުތައް ނައްޓައި، އައު ވޯލްޕޭޕަރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކޯޓުގެ ނަންބަރު IUL)197-A2/1/2014/43)ފ(23 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުން މި ކޯޓުން ކެންސަލްކޮށްފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014