ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/1/2014/21
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 13 އޮކްޓޫބަރު 2014 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ސަރުދާރު (ވަގުތީ)

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް ވަގުތީގޮތުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސަރުދާރު (ވަގުތީ)

މުއްދަތު: 1 އަހަރު   

ބޭނުންވާ އަދަދު :1

މުސާރަ: -/4440ރ

މަސައްކަތުގެ ގަޑި: 08:00 - 15:00

ވަޒީފާ އަދާކުރައްވަންޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މަޤާމުގެ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާބެހޭ

1- މަޤާމުގެ މަސައްކަތުދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ (މެޝިނަރީ އަދި ވެހިކަލް މަރާމާތުކުރަން ފަދަ ) ތަމްރީނެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

މައިގަނޑު މަސައްކަތްތައް:

1- މެއިންޓެނަންސް އާއި ސެކިއުރިޓީ ހަވާލުކުރެވިފައިވާ ފަރާތްތަކުން މަސްއޫލިއްޔަތު އަދާކުރެވޭތޯ ބެލުމުގައި އެހީތެރިވުން.

2- މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ އަދި ވެހިކަލް މަރާމާތުކުރަންޖެހޭ ފަދަ ކަންތައްތައް ދުރާލާ ފާހަގަކޮށް، އެތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވުމުގެ ކުރިން އެމަރާމާތެއް ކުރެވޭނެގޮތެއް ރޭވުމުގައި އެހީތެރިވުން

3- މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ، ވެހިކަލްތައް ބެލެހެއްޓުމާއި އަދި އޮފީސް މާހައުލުގައި ކުރަންޖެހޭ ކުދި މަރާމާތު ކުރުމުގައި އެހީތެރިވުން

4- މިނިސްޓްރީން އެހެނިހެން ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ފޮނުވަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެތަކެތި ފޮނުވުމަށް އެހީތެރިވުން.    

ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާއަށް އެދޭ ސިޓީ

2- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި މަޤާމާއި، ކުރި މަސައްކަތުގެ ތަފުސީލާއި މުއްދަތު ބަޔާންކޮށް އޮފީހުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

ސިޓީ ހުށަހަޅަންޖެހޭ ތަން:

13 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް

އިތުރު މަޢުލޫމާތު:  މަޢުލޫމާތު ސާފުކުރުމަށްޓަކައި 3304168 / 3304184

29 ސެޕްޓެންބަރު 2014