ވަޒީފާގެ ފުރުޞަތު
ނަންބަރު: KS-R/2014/15
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 1149
ސުންގަޑި: 28 ސެޕްޓެންބަރު 2014 1500
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާ އަދާކުރަންޖެހޭ ތަން: ކަލާފާނު ސްކޫލް

މަޤާމު: ލީޑިންގ ޓީޗަރ (ޕްރައިމަރީ ގްރޭޑް 1 – 7)

ބޭނުންވާ އަދަދު: 1

މަޤާމުގެ މަޢުލޫމާތު

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޓްރެއިންޑް ލީޑިންގ

MS1

 

ޓީޗިންގ ސަރވިސް އޮފިސަރ 2

- ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި 2 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

-/5610 ރ

-/2500 ރ

ގްރެޖުއޭޓް ލީޑިންގ
 ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި 2 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

-/6295 ރ

-/2500 ރ

ކޮލިފައިޑް ލީޑިންގ ޓީޗަރ

 

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި 2 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

-/7035 ރ

-/2500 ރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި 2 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

-/7875 ރ

-/2500 ރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި 2 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

-/8835 ރ

-/2500 ރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި 2 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

-/9890 ރ

-/2500 ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު (ޕްރައިމަރީ ގްރޭޑް 1 – 7)

* ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ ލަފާގެ ދަށުން ޕްރައިމަރީ ގްރޭޑްތަކުގެ (ގްރޭޑް 1-7) މާއްދާތަކާ ގުޅޭ އުނގެނުމާއި އުނގަންނައި ދިނުމުގެ އެންމެހައި ޙަރަކާތްތައް ރާވައި ހިންގުން.

* ލީޑިންގ ޓީޗަރުގެ ހައިޞިއްޔަތުން ޓީޗަރުންގެ މަސައްކަތްތައް ވިލަރެސް ކުރުމާއި، ސްކީމްތައް ރޭވުމާއި، ފިލާވަޅުތައް ރަނގަޅަށް ހިނގާތޯބެލުމާއި، ކްލާސްތައް އޮބްޒާވްކޮށް، ޓީޗަރުންނަށް ފީޑްބެކް ދިނުމާއި، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

* ދަރިވަރުންނަށް ހިންގޭ އިތުރު ޙަރަކާތްތައް ރާވައި ހިންގުމުގެ އިތުރުން ދަރިވަރުންނަށް ކާމިޔާބީ ހޯދައިދިނުމަށް ޓީޗަރުންނާ ގުޅިގެން މަސައްކަތް ކުރުން.

* ސްކޫލުގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

* ލީޑިންގ ޓީޗަރަކު ބަލަހައްޓާ ގްރޭޑަށް ލިބެމުންދާ ކުރިއެރުންތަކާއި، ދިމާވާ މައްސަލަތައް ސްކޫލުގެ އިސްވެރިންނާއި ހިއްސާކުރުމާއި ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތަކުގައި ބައިވެރިވެ އެހައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުން.

* މި މަޤާމަށް މީހަކު ހޮވޮމޮގައި އިނގިރޭސި މި މާއްދާއިން ސްޕެޝަލައިޒް ވެފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

* ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

* މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

* މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

މަޤާމު:  ކޮމްޕިއުޓަރ ޓެކްނީޝަން 

ބޭނުންވާ އަދަދު: 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް. އެސް 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

4 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ޕްރޮޖެކްޓަރ، ސައުންޑް ސިސްޓަމް، ފަދަ ތަކެތީގެ ސްޓޭޓަސް ބެލުމާއި މެއިންޓެއިން ކުރުން

2. ކޮމްޕިއުޓަރތަކާއި ކޮމްޕިއުޓަރ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވާރކް އެޅުން.

3. ސާރވަރ ބެލެހެއްޓުމާއި މެއިންޓެއިން ކުރުން.

4. އެޓެންޑެންސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި މެއިންޓެއިން ކުރުން.

5. ފޯނު ލައިންތަކުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ ހައްލުކޮށް ބެލެހެއްޓުން.

6. ސައުންޑް ސިސްޓަމް، ބެލްސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

7. ކްލާސްތަކުގައި ބަހައްޓާފައިވާ ސްމާޓްބޯޑުތަކާއި ސިސްޓަމް މެއިންޓެއިންކޮއް ބެލެހެއްޓުން.

8. ސްކޫލުން ބޭނުންވެއްޖެ ހިދެއްގައި ކޮމްޕިއުޓަރާއި ޕްރިންޓަރާއި އެފަދަ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

9. މުވައްޒަފުންނަށް ބޭނުންވާ ޔޫޒަރ އެކައުންޓާއި – އީމެއިލް ކްރިއޭޓްކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

މަޤާމު: ސީނިއަރ ކައުންސެލަރ 

ބޭނުންވާ އަދަދު: 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް. އެސް 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ސްކޫލުގެ ދަރިވަރުންނަށް ކައުންސިލިންގ ދިނުން. ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ވެރިންގެ އިރުޝާދާއެކު އެޅުން، ދަރިވަރުން އަދި މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމުތައް ރާވައި ހިންގުން. އަދި ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ ކައުންސިލިންގ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކައުންސިލިންގ ދާއިރާއިން ތަޖުރިބާހުރި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަންޖެހޭ ތަކެތި

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާއަދާކުރި އޮފީސްތަކުގެ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ)
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  • މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވަރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމްތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

  • މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
  • މި މަޤާމުތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރެވުމަށްފަހު ހޮވޭ 15 ބޭފުޅުންނަށެވެ.

އިތުރު މަޢުލޫމާތު

  • މި ސްކޫލްގެ ފޯނު: 3326607،  ފެކްސް: 3314457
  • ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބިވަޑައިގަންނަވަން ހުންނާނެއެވެ.

21 ޛުލްޤަޢިދާ 1435

2014-09-16