ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: HMH/2014/23
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 25 ސެޕްޓެންބަރު 2014 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޗް. އާރު ސޮފްޓްވެއަރއެއް ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ހޮސްޕިޓަލުގައި ބޭނުންކުރުމަށްޓަކައި އެޗް. އާރު ސޮފްޓްވެއަރއެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު 1HMH/2014/18 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން ސޮފްޓްވެއަރ ހުށަހެޅުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014