ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-M/10/2014/30
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 21 ސެޕްޓެންބަރު 2014 12:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓަރީކުރުން 2014 ސެޕްޓެންބަރު 21،18،17،16 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. 

ރަޖިސްޓަރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ ފަރާތް ނުވަތަ މީޑިއާ އެނގޭނެގޮތުގެ ލިޔުމެއް ގެންނަންވާނެއެވެ. އަދި މީގެއިތުރުން އެ އިދާރާއަކުންވެސް އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ފުރިހަމަ މަޢުލޫމާތާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމުންވެސް ރަޖިސްޓަރީކޮށްދެވޭނެއެވެ.

 ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

 19 ޛުލްޤަޢިދާ 1435

14 ސެޕްޓެންބަރު 2014