މަސައްކަތް
ނަންބަރު: (IUL)197-A3/1/2014/38
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 17 ސެޕްޓެންބަރު 2014 11:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ނިންމުންތައް 2010-2008 ގެ ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން

މި ކޯޓުގެ ނިންމުންތައް 2010-2008 ގެ ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޯޓުގެ ނަންބަރު IUL)197-A2/1/2014/13)ފ(30 އެޕްރީލް 2014) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސަބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިފޮތް ޗާޕުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

12 ޛުލްޤަޢިދާ 1435  

07 ސެޕްޓެންބަރު 2014