މަސައްކަތް
ނަންބަރު: 421/AD/2014/038
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 21 ސެޕްޓެންބަރު 2014 00:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫ ފުޓްބޯޅަދަނޑުގައި އިންފާރު ރޭނުމާއި، ފެންސްޖެހުމާއި، ގޭޓްހެދުމާއި، ރޮސްޓްރަމް ހެދުން

      މިރަށު ފުޓްބޯޅަދަޑުގައި އިންފާރުރޭނުމާއި، ފެންސްޖެހުމާއި، ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      ވީމާ މިމަސައްކަތް ކުރުމަށް ޝަވްޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2014 ވާ އާދީއްތަ ދުވަހު މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އޮކްޓޯބަރ 2014 ވާ އަންގާރަ ދުވަހު 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑި ޖެހިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ޤަބޫލް ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ފޯންނަންބަރ 6840005 އާ ގުޅުއްވުން އެދެމެވެ.    

             13 ޛުލްޤައިދާ   1435

08 ސެޕްޓެންބަރު 2014