މަސައްކަތް
ނަންބަރު: (IUL)213-PR/1/2014/44
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 14 ސެޕްޓެންބަރު 2014 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ކެންޓީނެއް ހިންގަން

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކެންޓީނެއް ހިންގަން ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު IUL)213-PR/1/2014/41) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މޯލްޑިވްސް ޕޮލިޓެކްނިކްގައި އަމިއްލަ ތަކެތީގައި ކެންޓީނެއް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުގެ 14:00އަށް ޕޮލިޓެކްނިކަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2014 ސެޕްޓެންބަރު 17 ވާ ބުދަ ދުވަހުގެ 14:00އަށް ޕޮލިޓެކްނިކަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

03 ސެޕްޓެންބަރު 2014