މަސައްކަތް
ނަންބަރު: (IUL)10-F/1/2014/106
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 0826
ސުންގަޑި: 11 ސެޕްޓެންބަރު 2014 1100
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ޣާޒީ ބިލްޑިންގުން ލިބިފައިވާ ބައިގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ޣާޒީ ބިލްޑިންގުން ލިބިފައިވާ ބައިގެ ތިރީގައި މި ދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • މިހާރު ހުރި ޕާޓްޝަންތައް ނެއްޓުން
  • ޕާޓިޝަން ޖެހުން
  • ސީލިންގ މަރާމާތުގެ މަސައްކަތް
  • ތަޅުމުގެ މަރާމާތުގެ މަސައްކަތް
  • އިލެކްޓްރިކް މަސައްކަތް
  • އޭ. ސީ ހަރުކުރުމުގެ މަސައްކަތް
  • ނެޓްވާރކް އެޅުމުގެ މަސައްކަތް

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

08 ޛުލްޤަޢިދާ 1435

2014-09-03