ކުއްޔަށް ހިފުން
ނަންބަރު: (IUL)GS56/2014/22
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 07 ސެޕްޓެންބަރު 2014 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
12 ފޫޓު 15 ފޫޓަށްވުރެ ކުޑަނޫން ގުދަނެއް މިރަށުން ކުއްޔަށް ހިފަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި ބޭނުންކުރާ ފަރުނީޗަރާއި، ލިޔެކިޔުންތަކުގެ ފައިލްތައް ބެހެއްޓުމަށް، 12 ފޫޓު 15 ފޫޓަށްވުރެ ކުޑަނޫން ގުދަނެއް، އެއްއަހަރު ދުވަހުގެ މުއްދަތަކަށް، މިރަށުން ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ގުދަން ކުއްޔަށް ހިފުމުގައި ބަލާނެ މައިގަނޑު އުސޫލުތައް

ގުދަން ހެދިފައިވާ ފެންވަރު.

ގުދަނުގެ ބޮޑުމިން.

މި އޮފީސް ހިނގަމުން އަންނަ އިމާރާތާއި ހުރި ދުރުމިން

ގުދަން ހުރި ލޮކޭޝަން

ވަދެނިކުމެ އުޅުމާއި ޕާކު ކުރުމުގައި ހުރި ފަސޭހަތައް

ކަރަންޓު ހުރުން

ހުށަހަޅަންޖެހޭ މައުލޫމާތު

ގުދަނުގެ ބޮޑުމިން އެނގޭނެ ކުރެހުމަކާއި ތަނުގެ ބޮޑުމިން އަކަފޫޓުން ހުށަހެޅުން   

ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން

ގުދަން ހުރި ސަރަހައްދު ބަޔާންކުރުން

ގުދަނުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ މިންވަރު އަދި ޖުމުލަ އަގު ހިމެނޭގޮތަށް) އަގު ހުށަހަޅާނީ މަހު ކުލީގެ ގޮތުގައެވެ.

ގުދަން ކުއްޔަށް ދޭ މުއްދަތު

ބިޑު ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

ގުދަން ހިފުމުގައި ޕޮއިންޓު ދޭނެގޮތް

ހުށަހަޅާފައިވާ އަގަށް 60 ޕޮއިންޓް 

ގުދަން ކުއްޔަށް ދޭ މުއްދަތަށް 10 ޕޮއިންޓް

ލޮކޭޝަން ނުވަތަ ގުދަން ހުރި ސަރަހައްދަށް 10 ޕޮއިންޓް

ގުދަން ހެދިފައިވާ ފެންވަރަށް 20 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރީން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

26 އޮގަސްޓް 2014