ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2021/406
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:16
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ 08 ފިހާރަ އާއި ސިޓީ ބާޒާރުގެ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ 2 ފިހާރައާއި ރެސްޓޯރަންޓް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފިހާރަތައް ތިރީގައި މިދަންނަވަނީ އެވެ.

1 ނަމްބަރު ފިހާރަ، 2 ނަމްބަރު ފިހާރަ، 3 ނަމްބަރު ފިހާރަ، 4 ނަމްބަރު ފިހާރަ، 5 ނަމްބަރު ފިހާރަ، 6 ނަމްބަރު ފިހާރަ، 8 ނަމްބަރު ފިހާރަ، 9 ނަމްބަރު ފިހާރަ،  11 ނަމްބަރު ފިހާރަ، 12 ނަމްބަރު ފިހާރަ. ރެސްޓޯރަންޓް

އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށާއި ރެސްޓޯރަންޓް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން 2021 އޮކްޓޯބަރ 31 ވަނަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުންވެސް މި ފޯމްސެޓް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންފޮމޭޝަން ސެޝަން  

8 ނޮވެމްބަރ 2021 ހޯމަ

ޕްރޮޕޯސަލް ހުށަހެޅުން

15 ނޮވެމްބަރ 2021 ހޯމަ، 10:00

އިންފޮމޭޝަން ސެޝަން އޮންނަ ތަނާއި ގަޑި ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ. ފޯމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.  

                   22 ރަބީޢުލްއައްވަލް  1443

28 އޮކްޓޫބަރު 2021