ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2014/94
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2014
ޕަބްލިޝްކުރި ގަޑި: 15:35
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވޯލްޑް ކަޕް ތެރޭގައި ސައިހޮޓާ، ރެސްޓޯރަންޓް އަދި ކެންޓީން ތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް

އިޢުލާން

ވޯލްޑް ކަޕް ތެރޭގައި ސައިހޮޓާ، ރެސްޓޯރަންޓް އަދި ކެންޓީން ތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް 

ޤާނޫނު ނަންބަރު 60/78 (އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަނަގައިގެން ހިންގަމުންދާ ސައިހޮޓާ، ކެންޓީން އަދި ރެސްޓޯރަންޓް ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަން 14 ޖޫން 2014 އިން 14 ޖުލައި 2014  މެންދަމު 3:00 އަށް ޚިދުމަތް ދިނުމައްޓަކައި އާންމުކޮށް ހުޅުވާފައި ބެހެއްޓުމަށް ހުއްދަކުރެވިފައިވާ ވާހަކަ އަންގައި އިޢުލާންކުރީމެވެ.

މިގޮތަށް ހުޅުވާފައި ބަހައްޓާއިރު، ސައިހޮޓާ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ތިބޭ މީހުންނާއި ޚިދުމަތް ހޯދުމަށް ވަދެނިކުންނަ މީހުންގެ ޢަމަލުތައް އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ.

‏16 ޝަޢުބާން‏ 1435

 

14 ޖޫން 2014