ނީލަން
ނަންބަރު: (IUL)468-LID/468/2021/157
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 11 އޮގަސްޓް 2021 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުން

  ފުވައްމުލަކު ދިގުވާނޑު މަނާލް އަދި ލަކުޑި ގޯއްޗާއި އިންވެގެން އޮތް '15 ފޫޓުގެ ގޯޅިމަގުގައި ހުރި ތިރީގައި މި ދަންނަވާ ރުއްގަސްތަކުގެ ނީލަންކިއުމަށް ބޭނުންވެއެވެ.

  • 1-5 ނަންބަރު ޖަހާފައިވާ ފޯދުނު ދިވެހި ރުއް
  • 10 ނުފޯދޭ ފެންފޯއްރުއް
  • 7 ފަތްކެޔޮގަސް

             މި ނީލަމުގައި ބައިވެރި ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 އޮގަސްޓު 5 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމުން ރުއްގަސްތައް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި ރުއްކަނޑައި ރުކުގެ ބައިތައް އެތަނުން ނަގައި ސާފުކުރަން ވާނެއެވެ.

  ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

04 އޮގަސްޓް 2021