ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)468-HR/468/2021/118
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 16 ޖޫން 2021 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު

އެސިސްޓެންޓް ސަރވެޔަރ  (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް އުސޫލުން، 1 އަހަރު)

މަޤާމުގެ ރޭންކް:

-

މަޤާމުގެ ކްލެސިފިކޭޝަން

-

އޮފީސް/އިދާރާ

ފުވައްމުލައް ސިޓީކައުންސިލްގެ އިދާރާ

މުސާރަ އާއި އެލަވަންސް

މަސައްކަތް ކުރާ ގަޑިއިރަކަށް 34.32 ރުފިޔާގެ ރޭޓުން (ދުވާލަކު 8 ގަޑިއިރު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް

 

1-       ފުވައްމުލަކުން މިހާރު ދޫކޮށްފައި ވާ ބިންތައް ސާވޭކޮށް ބްލޮކްތައް ވަކިން އެގޭނެ ގޮތައް ކުރަހައި އަޕްޑޭޓް ކުރުމަށް ސަރވެޔަރއަށް އެހީތެރިވެ ކުރަހަންޖެހޭ ތަންތަން ކުރެހުން.

2-       ފުވައްމުލަކުގެ ހުރިހާ ގޭގެ ނަންތަކާއި ބްލޮކްތައް އެގޭނެގޮތައް މެޕް ކުރަހައި އަޕްޑޭޓް ކުރުމަށް ސަރވެޔަރ އަށް އެހީތެރިވުން.

3-       ފުވައްމުލަކުގެ މިހާރު ދޫކޮށްފައިވާ ބިންތައް ސާވޭކޮށް ރަޖިސްޓްރީގައިވާ މިނާއި އަސްލު މިންދިމާވޭތޯ ބަލައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރވެޔަރ އަށް އެހީތެރިވުން.

4-       ފުވައްމުލަކުގެ ލޭންޑް ޔޫސް ޕްލޭނަށް ކައުންސިލުން ގެންނަން ބޭނުންވާ ބަދަލްތައް ގެނައުމާއި އަދި އެބަދަލް އެޕްރޫވް ކުރުމަށްޓަކައި ކަމާ ބެހޭ މިނިސްޓްރީ އަށް ފޮނުވައިގެން މަސައްކަތްކުރުން.

5-       ފުވައްމުލަކުން އަލައް ބިމެއް އެއްވެސް ފަރާތަކަށް ދޫކުރާނަމަ އެބިމެއް ސާވޭކޮށް ބޭނުންވާ މިން ހަމަކޮށް އެ ބިން ކުރަހައި ރަޖިސްޓްރީ ކުރުމައްޓަކައި ފޮނުވަން އެހީވުން.

6-       ފުވައްމުލަކުގެ ހާއްސަ ސަރަހައްދުތަކުގައި ހުންނަ ބިންތައް މުސްތަގުބަލައް ވިސްނައިގެން ކޮންމެހެން ބޭނުންވާ ކަންކަމަށް އެލޮކޭޓް ކުރުމައްޓަކައި އެ ސަރަހައްދުތަކުގެ ލޭންޑް ޑިވޮލޮޕްމެންޓް ޕުލޭންތައް ތައްޔާރުކުރުމަށް އެހީވުން.

7-       ފުވައްމުލަކުގެ މުހިންމުތަންތަން އެގޭނެގޮތައް މެޕް ތައްޔާރުކޮށް އަޕްޑޭޓް ކުރަމަށް އެހީތެރިވުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

8-       ފުވައްމުލައް ސިޓީ ކައުންސިލައް ހުށަހެޅޭ ބިމުގެ މައްސަލަތަކާއި ގުޅިގެން އަލުން ސާވޭ ކުރަންޖެހޭ ބިންތައް ސާވޭކޮށް ބިމުގެ ކުރެހުންތައް ތައްޔާރުކުރުމަށް އެހީތެރިވުމާއި ސާވޭ ކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތު

އާކިޓެކްޗަރ / ބިލްޑިންގ ސަރވޭ / ސިވިލް އިންޖިނިއަރިންގ / ކޮންސްޓްރަކްޝަން / ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

ލޭންޑް ސާރވޭ / މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ގްރޭޑް 10 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭ ގޮތަށް)  
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  1. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

 (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

 

 7. ޕޮލިސް ރިޕޯޓުގެ އަސްލު (3 މަސް ހަމަނުވާ)

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމް
  • މަސައްކަތުގެތަޖުރިބާ
  • އަދި އިންޓަރވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖޫން 2021 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (  ([email protected] މެއިލް އެޑްރެސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 ޖޫން 2021 އާއި 01 ޖުލައި 2021 އާއި ދެމެދު ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

  މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6862835) އަށެވެ.  އީ-މެއިލް ކުރާނީ ([email protected] ) އަށެވެ.  

09 ޖޫން 2021