ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2021/116
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 23 ޖޫން 2021 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގޯއްޗާއި މަގުތަކާއި ގުޅިގެން އޮންނަ ހުސްބިންތަކުގެ އެކިއެކި މަސައްކަތްތައްކުރުމާގުޅޭ

ގޯތި ގޯއްޗާއި މަގުތަކާއި ގުޅިގެން އޮންނަ ހުސްބިންކޮޅުތަކުގައި ޢިމާރާތްކޮށް ނުވަތަ އެކިއެކި ޖިފުޓިތައް ފަދަ ތަންތަން ހަދައިގެން ފިހާރަތަކާއި ގާޑިޔާތައް ހިންގުމާއި އެހެނިހެން މަސައްކަތްތައް ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ޢިމާރާތްކުރުމުގެ ޤާނޫނާއި، އިދާރީ ދައިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އަދި މި ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާޢިދާއި އެއްގޮތަށް ނަގަންޖެހޭ ހުއްދަތަށް ނެގުމަށްފަހު ނޫނީ މިފަދަ ހުސްބިންތަކުގައި ޢިމާރާތް ނުކުރުމަށާއި، އަދި އެހެނިހެން ބޭނުންތަކަށް މިފަދަ ބިންތައް ބޭނުން ނުކުރުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަދި އިސްވެ ދެންނެވުނު ގޮތަށް ގޯތިން ބޭރުގައިކޮށްފައި ހުރި ޢިމާރާތްތައް މިއަދުން ފެށިގެން 15 (ފަނަރަ)  ދުވަހުގެ ތެރޭ (2021 ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް) ނެންގެވުންއެދެމެވެ. މިމުއްދަތުގެތެރޭ ނުނަންގަވާ ހުންނަ ތަންތަން ކައުންސިލްގެ ފަރާތުން ނަގާލުމުގެ މަސައްކަތް ކުރާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ޖޫން 2021