ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ A ކެޓަގަރީ އާއި B ކެޓަގަރީގެ ފޯމްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓް
27 އޮގަސްޓް 2020 ގައި މިއިދާރާއިން ކުރެވުނު ނަމްބަރ: (IUL)468-LID/468/2020/152 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ބާކީ ހުރި ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް ކައުންސިލަށް ލިބިފައިވާ ޝަކުވާތަކަށް ބަލައި ޕޮއިންޓް ލިސްޓް އިސްލާޙް ކުރުމަށްފަހު ދާއިމީ ލިސްޓް އިޢުލާން ކުރީމެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ.