ދިވެހިރާއްޖެ
އިޢުލާނު
މަޤާމް: |
ލައިބްރޭރިއަން |
|
މަޤާމުގެ ނަންބަރ |
J-330867 |
|
ބޭނުންވާ ޢަދަދު |
(އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މުޙްޔިއްދީން ސްކޫލް |
|
މުސާރަ: |
5,610.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
|
ކޯ އެލަވަންސް -2 : |
.700.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
||
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- ހަމަޖެހިފައި އޮންނަ އުޞޫލުގެ ދަށުން ޝަރުތު ހަމަވާނަމަ ޓެކްނިކަލް ކޯ އެލަވަންސް، މުސާރައިގެ %28 ޕަސެންޓަށް ވާފައިސާ. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ސީދާ ދަރިވަރުންނާ ގުޅުންހުރި މަސައްކަތް 1. ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެމަތިން ލައިބްރަރީ ގަޑިތަކަށް ލައިބްރަރީ ތައްޔާރުކުރުން 2. ލައިބްރަރީ ގަޑީގައި ޓިޗަރުންގެ ލަފާގެ މަތިން ދަރިވަރުންނަށް ދޭންޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން 3. ލައިބްރަރީ ގަޑި ނިމުމުން ދަރިވަރުން ބޭނުންކުރި ފޮތްތައް ތަރުތީބުކޮށް ފޮތް ހަރުތަކުގައި އެތުރުން 4. ލައިބްރަރީގެ ގަވައިދުތަކާއި އުސޫލުތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން. 5. ލައިބްރަރީން ޤަވައިދުން ދަރިވަރުންނަށް ފޮތް ނެގޭނެ އިންތިޒާމް ހަމަޖެއްސުން. 6. ދަރިވަރުންގެ ކިބައިގައި ކިޔުންތެރިކަން އަށަގެންނެވުމަށް ޕްރޮގްރާމްތައް ހިންގުން. 7. ލައިބުރަރީއަށް އަލަށް ގެނެވޭ ފޮތްތަކުގެ މައުލޫމާތު ވީ އެންމެ އަވަސް ފުރުސަތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުން. 8. ލައިބްރަރީގެ ޤަވާޢިދު ތަކަށް ދަރިވަރުން ބޯލަނބާކަން ކަށަވަރުކުރުން މަޤާމުގެ މަސްއޫލިއްޔަތުގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތް 1. ލައިބްރަރީގެ ފޮތްތަކުގެ ސްޓޮކް ތަފްޞީލްކޮށް ބެލެހެއްޓުން 2. ލައިބްރަރީގެ ފޮތްތަކާއި ލައިބްރަރީގައި ހުންނަ އެހެނިހެން ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން 3. ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތަކުގެ ތަފްސީލު ބެލެހެއްޓުން 4. ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ރައްދުކުރާކަން ކަށަވަރުކުރުން 5. ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ރައްދުނުކުރާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުން 6. ލައިބުރަރީން ބާވެ ހަލާކުވާ ފޮތްތަކުގެ ތަފްސީލު ހަވާލުވެ ހުންނަ ސުޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން. 7. ލައިބްރަރީއަށް އާފޮތް ހޯދުމަށްޓަކައި ދަރިވަންނާއި ޓީޗަރުން ކިބައިން މައުލޫމާތު ހޯދައި އެ މަޢުލޫމާތު ސުޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން. 8. ލައިބްރަރީ އަށް ހޯދާ އާ ފޮތްތަކުގައި ސެލޯފިންލައި، ތައްގަނޑުޖަހައި، ބޭނުންކުރުމަށް ފޮތްތައް ތައްޔާރުކުރުން. 9. ލައިބުރަރީން ޤަވާޢިދުން ޓީޗަރުންނަށް ފޮތް ނެގޭނެ އިންތިޒާމް ހަމަޖެއްސުން. 10. ލައިބްރަރީގެ ގަވައިދުތަކާއި އުސޫލުތައް ޓީޗަރުންނަށް އޮޅުންފިލުވައިދީ ދޭތެރެ ދޭތެރެއިން ހަދާން އާކޮށްދިނުން 11. އެކުގައި މަސައްކަތްކުރާ ލައިބްރަރީ މުވައްޒަފުންގެ އެހީތެރިކަމާއެކު ލައިބްރަރީގެ އަހަރީ ރިޕޯޓު އަހަރު ނިމުމުން ހަވާލުވެހުންނަ ސުޕަވައިޒަރަށް ހުށައެޅުން. އިތުރު ހަރަކާތައް 1. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުން. އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަންދިނުން. 2. ސްކޫލުން ބާއްވާ ސްޓާފް މީޓިން ތަކާއި ސެޝަން މީޓިން، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް ބައިވެރިވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން. އެހެނިހެން ކަންތައްތައް 1. ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުކަމާއެކު، އަމިއްލައަށް އިސްނަގައިގެން ޝައުޤުވެރިކަމާއެކު ކުރުން. 2. ގަޑިއަށް ފަރުވާތެރިވެ، ހާޒިރުވުމަށް އެންގޭ ކަންތައްތަކަށް ހާޒިރުވެ، ހާޒިރު ނުވެވޭނަމަ ހަވާލުވެ ހުންނަ ސުޕަރވައިޒަރަށް ގަޑިޖެހުމުގެ 10 މިނެޓު ކުރިން ސަބަބާއެކު އެންގުން. 3. ސެޝަން ގަޑީގައި ސްކޫލުން ބޭރަށް ދާނަމަ، ސެޝަން އިންޗާޖުގެ ހުއްދައާއެކު ބޭރަށްދާއިރު ނޯޓުކުރާ ފޮތުގައި ނޯޓުކުރުމަށް ފަހު ދިއުން އަދި އެނބުރި އައިސް އައި ގަޑި ނޯޓުކުރުން. 4. މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް، ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ، ޢިލްމީ ޤާބިލްކަން ކުރިއެރުވުމަށް މަސައްކަތްކުރުން. 5. ސްކޫލުގެ ސެޝަނަށް ޚާޟިރުވާން ޖެހޭ ގަޑިއަށް ސްކޫލަށް ހާޒިރުވެ ސޮއިކުރުން. އެއްވެސް ސަބަބަކާހުރެ ސްކޫލަށް ހާޒިރުނުވެވޭނަމަ ޕްރިންސިޕަލަށް ނުވަތަ ސެޝަން އިންޗާޖަށާއި އޮފީހަށް ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެންގުން. 6. މީގެ އިތުރުން ވަޒީފާގެ ބާވަތުން، މުވައްޒަފެއްގެ ހައިސިއްޔަތުން ކުރުމަށް ސުކޫލުގެ ވެރިން އަންގަވާ ކަންތައްތައް ކުރުން. |
|
ގުޅޭ ވަޒީފާގެ ދާއިރާތައް |
ލައިބްރަރީ ސައިންސް |
|
މަޤާމުގެ ޝަރުޠުތައް: |
ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތު ފުރިހަމަވުން.
ތައުލީމީ ރޮނގުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ލައިބްރަރީ ސައިންސް ޕަބްލިކް އެޑްމިނިސްޓްރޭޝަން |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން |
|||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
|||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (24 ފެބްރުއަރީ 2021) ގެ (14:00) ގެ ކުރިން، (މުޙްޔިއްދީން ސްޚޫލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|||||||||||||||||||||||||||||||
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 3390635 ) އަށެވެ.
|
|||||||||||||||||||||||||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ފެބްރުއަރީ 2021 އާއި 28 ފެބްރުއަރީ 2021 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ. |
|||||||||||||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3390634) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
||||||||||||||||||||||||||||||||
6 ރަޖަބު 1442