މަސައްކަތް
ނަންބަރު: (IUL)168-SRO/1/2021/3
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 24 ޖަނަވަރީ 2021 10:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މިކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުން

އައްޑޫ ސިޓީ ހިތަދޫ ގައި ހުންނަ މިކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2021 ޖަނަވަރީ 24 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މި މަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢޫލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އާއި 12:00 އާ ދެމެދު 6880886 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2021