ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-E/10/2014/7
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 12:07
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މީހުން ބަންދުކުރެވޭ ޕޮލިސް ސްޓޭޝަންތަކާ ބެހޭ

މި މިނިސްޓްރީގެ ނަންބަރު (IUL)10-E/10/2014/5 (10 އެޕްރީލް 2014) ގެ އިޢުލާނާގުޅޭ.

ޙަވާލާދެވިފައިވާ އިޢުލާނުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަހައްޓަމުންދާ މީހުން ބަންދުކުރެވޭ ޕޮލިސް ސްޓޭޝަންތަކުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަކީވެސް، ޤާނޫނު ނަންބަރު 2013/ 13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޢުލާނުކުރަންޖެހޭ، މީހުން ބަންދުކުރެވޭ ތަންތަން ކަމުގައި ދަންނަވަމެވެ.

  1. ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން
  2. ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަން

                  14 ޖުމާދަލްއާޚިރާ 1435                                                             

14 އޭޕްރިލް 2014