ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-E/10/2014/6
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 13:10
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ނަންބަރު IUL)10-E/10/2014/5 ގެ އިޢުލާނާގުޅޭ.

މި މިނިސްޓްރީގެ ނަންބަރު IUL)10-E/10/2014/5 ގެ އިޢުލާނާގުޅޭ.

ޙަވާލާދެވިފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ، މީހުން ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ ތަންތަނުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަކީވެސް، ޤާނޫނު ނަންބަރު 2013 /13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޢުލާނުކުރަންޖެހޭ، މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަން ކަމުގައި ދަންނަވަމެވެ. މި ތަންތަން ހިނގަމުންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

  1. ޑިޓެންޝަން ސެންޓަރު (ހުޅުމާލެ)
  2. މާލެ ޖަލު އެނެކްސް 1

                         11 ޖުމާދަލްއާޚިރާ 1435                                                                 

11 އޭޕްރިލް 2014