ދިވެހިރާއްޖެ
އިޢުލާން
މިއޮފީހަށް ބޭނުންވާ ނެޓްވޯކް އިކުއިޕްމަންޓްސް އަދި ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2020/12 (18 މާރިޗު 2020) އިޢުލާންގައި އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ދުވަސް (30 މާރިޗު 2020 ވަނަ ދުވަހުގެ 14:00) ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އަންދާސީހިސާބު ހުށަހަޅާ ދުވަސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، ޙަވާލާދެވުނު އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާނެ ތާރީޚް މިއޮފީހުން އަލުން އިޢުލާންކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ނުވަތަ 7946663 ފޯނަށް ގުޅުއްވުން އެދެމެވެ.
02 ޝަޢުބާން 1441
26 މާރިޗު 2020