މަސައްކަތް
ނަންބަރު: FNK-I/IUL/2020/078
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 06 އޭޕްރިލް 2020 10:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހދ. މަކުނުދޫ އައު އޮފީސް ޢިމާރާތް ކުރުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2020/078

އިސްލާހް - 01

އިޢުލާން

ހދ. މަކުނުދޫ އައު އޮފީސް ޢިމާރާތް ކުރުމާއި ގުޅޭ:

     މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، މި ކުންފުނީގެ މުވައްޒަފުންނާއި، ކުންފުންޏާއި ގުޅުންހުރި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ކުންފުނިން ދަނީ ގިނަގުނަ ފިޔަފަޅުތަކެށް އަޅަމުންނެވެ.

     މިގޮތުން، ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި ގުޅިގެން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން ވަނީ ބަދަލުކުރެވިފައެވެ.

 

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

17 އިން 29 މާރިޗު 2020

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

01 އެޕްރީލް 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

06 އެޕްރީލް 2020

10:00 ހެނދުނު

 

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.

 

19 މާރިޗު 2020