ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 09 މާރިޗު 2020 15:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމް.ޕީ.އެލްގައި އައި.ޓީ ދާއިރާއިން މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލުން

މިކުންފުނީގެ އިއުލާން ނަންބަރ MPL-PTC/I/2020/002 ހަވާލާދީ ދަންނަވަމެވެ.

     

މިކުންފުނިން ތަޢާރަފް ކޮށްފައިވާ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމް.ޕީ.އެލްގައި އައި.ޓީ ދާއިރާއިން ޢަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

1-      އައި.ޓީ ޓެކްނީޝަން

ޝަރުތު:

  • އޭލެވެލް 2 މާއްދާއިން ފާސްވެފައިވުން

ނުވަތަ

އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ހާސިލްކޮށްފައިވުން

  • 18 އަހަރާއި 35 އަހަރާއި ދެމެދު މީހެއްކަމުގައިވުން

 

އެޕްރެންޓިސް ޕްރޮގްރާމްއަށް ހޮވޭ ފަރާތް ތަކަށް އެމް.ޕީ.އެލް އިން ލިބިދޭ އިނާޔަތްތައް.

  • 6 މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުސަތު.
  • ކޮންމެ މަހަކަށް -/6000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެ.
  • މިޕްރޮގްރާމް ކުރިއަށްދާނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުންނެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ލެވެލް 3 ސެޓްފިކެޓެއް ދެވޭނެއެވެ.

 ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 09 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 15:00 އަށް އެޕްލިކޭޝަން ފޯމާއި އެކު ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަން އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

05 މާރިޗު 2020