މަސައްކަތް
ނަންބަރު: (IUL)UVH/2020/03
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 12 މާރިޗު 2020 10:30
ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވިޔަ ހޯލްޑިންގސްއަށް ރިޓެއިނަރ އުޞޫލުން މާރކެޓިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުންޏަށް ރިޓެއިނަރ އުޞޫލުން މާރކެޓިންގ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް، މީލާދީ 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:

ހުށަހަޅާ އަގަށް

75%

މަސައްކަތުގެ ތަޖުރިބާއަށް

%25

 

ވީމާ މިސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ތިރީގައިވާ އެޑްރެހަށެވެ.

ޔުނިވިޔަ ހޯލްޑިންގސް، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

އެފްއެޗްޓީއެސް ބިލްޑިންގ، ފުރަތަމަ ފަންގިފިލާ

ފަޅުމަތީމަގު

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3013860 އަށް ގުޅުއްވެވުން އެދެމެވެ.

05 މާރިޗު 2020