ދިވެހިރާއްޖެ
ނަންބަރު: A)AB-2020/91)
އިޢުލާން
| 
 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް  | 
||
| 
 މަޤާމް:  | 
 މަސައްކަތު (އެސް.އެސް 1)  | 
 ބޭނުންވާ ޢަދަދު: 03 (ތިނެއް)  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު 3875.00 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)  | 
|
| 
 ސާރވިސް އެލަވަންސް:  | 
 މަހަކު 1000.00 (އެއްހާސް ރުފިޔާ)  | 
|
| 
 ދުވަހު އެލަވަންސް:  | 
 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 115.00 (ސަތޭކަ ފަނަރަ ރުފިޔާ)  | 
|
| 
 ވަޒީފާގެ ބާވަތް:  | 
 ކޮންޓްރެކްޓް  | 
|
| 
 އިތުރު ގަޑި ފައިސާ:  | 
 ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ  | 
|
| 
 މަސައްކަތުގެ ވަގުތު:  | 
 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.  | 
|
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
||
  | 
||
| 
 އެހެނިހެން ޝަރުތު:  | 
||
  | 
||
| 
 މަސްއޫލިއްޔަތު:  | 
| 
 - އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތް ތެރެއިން އެ ވަގުތަކު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަންތައް ނުވަތަ ފްލޯރތައް ކުނިކަހާ މޮޕްއަޅާ ދޮރާއި ދޮރުފަތްތައް ސާފުކޮށް ބެލެހެއްޓުން. - އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތުގައި މުވައްޒަފުން ބޭނުންކުރާ ފާޚާނާތަކުގެ ތެރެއިން އެ ވަގުތަކު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަންތަކުގެ ފާޚާނާތައް ސާފުތާހިރުކޮށް އަދި ފަންކާ ފަދަ ތަކެތި ފޮޅާ ސާފުކޮށް ބެލެހެއްޓުން. - އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތުގެ މުވައްޒަފުން ބޭނުންކުރާ ގޮނޑި މޭޒު ފަދަ ތަކެތީގެ ތެރެއިން އެވަގުތަކު ޙަވާލުވެކޮށްފައިވާ ސެކްޝަންތަކުގެ މުވައްޒަފުންގެ ގޮނޑި މޭޒު ފަދަ ތަކެތި ދުވަހުން ދުވަހަށް ފޮޅާ ސާފުތާހިރުކޮށް ބެލެހެއްޓުން. - ކޮމިޝަން އަދި ސެކްޝަންތަކުން ކުރިއަށް ގެންދާ އެކިއެކި ބައްދަލުވުންތައް / ވާރކްޝޮޕްތައް / ޓްރޭނިންގތަކަށް މީޓިންގ ރޫމްއާއި ޓްރޭނިންގ ރޫމް ތައްރާރުކޮށް ދިނުމާއި، ކޮފީއާއި ރިފްރެޝްމެންޓްއާއި ކެއުމާއި ސައި ތައްޔާރުކޮށް ދިނުން. - އޮފީސް ފޮޅާ ސާފުކުރުގެ މަސައްކަތްކުރަމުން ދާއިރު މަސައްކަތް ކުރަމުން ގެންދާގޮތް ބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުން. - ސައިކޮޓަރިންނާއި ފާޚާނާތަކުން ހުސްވާ ތަކެތީގެ ލިސްޓު އެކަމާ ގުޅޭ މުވައްޒަފަކަށް ހަވާލުކޮށްގެން ހޯދާ ހަމަކުރުން. - އިލެކްޝަންސް ކޮމިޝަނުގެ ދޮރުފޮތިތަކާއި މޭޒުމަތީއަޅާ ފޮތިތަކާއި ފާޚާނާ ތަކުގައި ބޭނުންކުރާ ތުވާލި ފަދަ ތަކެތި ދޮވެ ސާފުތާހިރުކޮށް ބެހެއްޓުން.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
| 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު:  | 
|
| 
 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠުހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިޔުއިން މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.  | 
|
| 
 މާކްސް ދިނުމުގައި ބަލާނެ މިންގަނޑު  | 
|
| 
 ބައިތައް  | 
 މާކްސް  | 
| 
 ތަޢުލީމާއި ތަމްރީން  | 
 25  | 
| 
 މަސައްކަތުގެ ތަޖުރިބާ  | 
 25  | 
| 
 އިންޓަވިޔު  | 
 50  | 
| 
 ޖުމުލަ  | 
 100  | 
ޝޯޓްލިސްޓު ކުރެވޭގޮތް:
- ސަޕޯޓް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ކަނޑައަޅައިފައިވާ މާކްސް ދެވޭނެއެވެ.
19 ޖުމާދަލްއާޚިރާ 1441