ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
ސީނިއަރ އޮފިސަރ |
ރޭންކް: |
MS1/B |
ސެކްޝަން/ޑިޕާޓްމަންޓް |
ލެޖިސްލޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- ކޮމިޓީ އެންޑް ރިސާޗް ސެކްޝަން |
ބޭނުންވާ އަދަދު: |
1 |
ތަޢްލީމާއި ތަޖްރިބާ: |
|
މަޤާމްގެ މަސްއޫލިއްޔަތު: |
- ވެރިއެއްގެ ލަފައާއި އިރުޝާދުގެ ދަށުން، ޙަވާލުކުރެވޭ ކޮމިޓީތަކުގެ އެންމެހާ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުން އަދި ސެކްޝަން/ އިދާރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެހައި ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން |
އުޖޫރަ: |
- މަހަކު -/9,550 ރުފިޔާ |
އެލަވަންސް/އިނާޔަތްތައް: |
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ފޯމް ފޮނުވަންވީ ތާރީޚް: 11 ފެބްރުވަރީ 2020 ން 17 ފެބްރުވަރީ 2020 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް www.majlis.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.