ދިވެހިރާއްޖެ
މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ
ޑިޕާޓްމަންޓް: އިންފޮމޭޝަން ސިސްޓަމް
ތަޢުލީމާ ތަޖުރިބާ:
1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
3- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
މިމަގާމަށް މުވައްޒަފަކު ހަމަޖެއްސުމުގައި ތިރީގައިވާ ސޮފްޓްވެއަރތައް ބޭނުން ކުރަން އިނގޭ ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ
- ޑޮޓްނެޓް
- ލަރަވެލް
- ސީ.ޕުރޮގުރާމިންގ
- މައި އެސް.ކިއު.އެލް
- ޕީ.އެޗް.ޕީ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ހޮސްޕިޓަލްގައި ބޭނުން ކުރަމުންދާ ސޮފްޓުވެއަރ ޕުރޮގުރާމްތަށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
2- ހޮސްޕިޓަލަށް ބޭނުންވާ އައު ސޮފްޓުވެއަރ ޑިޒައިންކޮށް ، އޮފީހުން ކަނޑައަޅާ މިންގަޑު ތަކާއި އެއްގޮތަށް ތައްޔާރުކޮށްދިނުން
3- ހޮސްޕިޓަލްގައި ބޭނުންކުރާ ވެބްސައިޓް ފަރުމާކޮށް އިތުރަށް ފުރިހަމަ ކޮށް ދިނުން
މުސާރައާއި އިނާޔަތް :
މުސާރަ: 7035.00 ރުފިޔާ
ސަރވިސް އެލަވަންސް: 2000.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް :106.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 29 ޖަނަވަރީ 2020 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތު 1 ހަފްތާގެ ތެރޭގައެވެ. އެއްވެސް ސަބަބަކާ ހުރެ، އެމުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ، 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.