ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B/1/2013/20
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 2039
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުދި އައިސްޕްލާންޓާއި ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކުރުން

ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުދި އައިސްޕްލާންޓް ގަތުމަށް އެދޭފަރާތްތަކަށް 28 ޖެނުއަރީ 2013 ގައި  ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި މުއްދަތު 28 މާޗް 2013 އަށް ހަމަވުމާގުޅިގެން އެލޯނަށް އެދުމަށް އިތުރު ފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް 02 މަސްދުވަސް އިތުރުކޮށް 31 މާޗް 2013 ގައި ހުޅުވާލައިފިއެވެ.     

 

މިލޯނުގެ ޖުމުލަ އަދަދަކީ 400,000.00 (ހަތަރު ސަތޭކަ ހާސް އެމެރިކާ ޑޮލަރު) އެވެ.

 

މިފިޔަވައްސަކީ މަސްވެރިން ބާނާމަސް، މަސް ގަންނަ އުޅަނދުފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން، ތާޒާކަންމަތީގައި މަސްދޯނިފަހަރުގައި މަސް ބެހެއްޓުމަށްޓަކައި އައިސް ފޯރުވައިދިނުމަށް، އައިސްޕްލާންޓާއި މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް ހިންގާ ފިޔަވައްސެކެވެ.  މިފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނުގެ ފައިސާ ބޭނުންކުރަންވާނީ ހަމައެކަނި، އައިސްޕްލާންޓާއި މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށްޓަކައި ގަންނަންޖެހޭ މެޝިނަރީޒާއި ތަކެއްޗާއި އައިސްޕްލާންޓާއި މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށްޓަކައި ހޯދަންޖެހޭ ޚިދުމަތްތަކަށް އަގު އަދާކުރުމަށެވެ.

 

މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބޭންކް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ބޭންކިންގ ސެލް އިންނާއި އެ ބޭންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުން ލިބެން ހުންނާނެއެވެ.

 

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 30 މެއި 2013 ވާ ބުރާސްފަތި  ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބެންކް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ބޭންކިންގ ސެލް އިންނާއި އެ ބޭންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.  އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހުގެ ތާރީޚަށްފަހުއެވެ. މިފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

2013-03-31